English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ އަވަށު ކަސަބާ ފުޓްސަލް ދަނޑު ޤާއިމް ކުރުމުގެ މަސައްކަތުް ނޫރައްދީން އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ނޫރައްދީން އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އައްޑޫސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ފޔމިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން 1،773،049.49ރ ހަރަދުކޮށް، 80 ދުވަހުގެ ތެރޭ ނިންމުމަށް ނޫރައްދީން އިންވެސްޓްމަންޓް އާއި ހަވާލުކުރެވިގެން ކުރިޔަށްގެންދެވޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓެކެވެ.

މި ދަނޑު ހަދާނެ ބަޔަކު ހޯދުމައް ކައުންސިލުން ބީލަމަށް ލާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅުގައެވެ.

ޔޫތް މިނިސްޓްރީން ޚަރަދު ކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްސަލް ދަނޑުތައް އަޅަމުން އަންނަ އިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މީގެ ކުރިން ވިދާޅުވެފައިވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ފަށާފައިވާ 30 ދަނޑު ނިންމުމުގެ މަސައްކަތް ނިމުމުން ރާއްޖޭގެ ކޮންމެ 11،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށެވެ. އަދި މިހާރު ހުރި މަޝްރޫއުތައް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް ލިބޭނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.