ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި ތަރައްޤީކުރަން ނިންމާފައިވާ ޔޫތް ސެންޓަރުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ޔޫތް މިނިސްޓްރީއިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގއ. ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
އެގޮތުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު މެންދުރު 11:30 ގައި އެމިނިސްޓްރީގައެވެ.
ގއ އަތޮޅު ގެމަނަފުށީގައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޔޫތް ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫއުއަކީ އަވަށްޓެރި އިންޑީއާގެ ހިލޭ އެހީއެއްގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. މި ކަމުގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި އެކު ރާއްޖެއިން ސޮއި ކުރީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.