English Edition
Dhivehi Edition
1436 ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ފަރާތުން ކުރުމަށް ހަމަޖެހިފައިވާ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ،

އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައިވަނީ މި މަސައްކަތަށް ބޭނުންވަނީ އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު ފިރިހަނެއްކަމަށެވެ، އަދި މި މާގަމަށް ހޮވާ ފަރާތުގެ މަސްއޫލިއްޔަތަކީ

  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން.
  • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.
  • ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ،

މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކުންފުނީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ،

ފޯމް: މިފޯމު ކުންފުނީގެ ވެބްސައިޓް www.mhcl.mv އަދި ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

2 ކޮމެންޓް
J
ނޮވެމްބަރު 27, 2021
Thi cooperation thee emme corrupt eh tha.n.dhaane bayaku mihaaruvanee hovaafa. Dhenkeekkuran mi. Iulankuranee
މުހައްމަދު އުޘްމާން
ނޮވެމްބަރު 25, 2021
ހިލޭސާބަހައްކުރާޖެހޭނީ ނިކަމެތި މީހާއަށް ސަރުކާރުންތެހެބުނުވީމަ ދޯހައްޖުކޯޕްރޭސަން ގެވެރީންނަ މަރުހަބާތިގޮތައްކުރާކޮމެކަމެވެސް ދާނީދޯވަރައްދޯދިޔާކޮނޫންތޯ އަރަބިބަސްދަންނަމީހުންނެނުލިބިދާނެ އެކަމަކު ދޯ އޮލިގެންތޯސުވާލެކުރީ؟މިހާރުވިސްނާސުވާލް ވަރައްފިރިހަމަދޯ ކެއްކުން ކާންދިން ތަށި ދޮވުން ބާޒާރުކުރަން އުމުރާވެރިންނައްއރހީވުން މީހައްތާވެސް މަސައްކަތްތައް ފުރިހަމަ ނޫންތޯ މީމަށައް ނުވާވަތުގެކަމެނޫ އެކަމަކުދޯމުލިދޯނީގަ ހަސަނުގެދެފާދޯ ހަމަސާބަސް ތީވެރިންނަކީ ކުރިޔައްވެސް މަވެސްވިސްނާނަންދާންގެންދަެްޔާ؟؟؟؟؟؟؟؟!!!