English Edition
Dhivehi Edition
އިސްލާމިކް މިނިސްޓަރ ރާއްޖޭގެ ހައްޖުވެރިންނާ ބައްދަލު ކުރައްވަނީ - ފޮޓޯ: ދިވެހި ހައްޖު މިޝަން

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ ހުއްދަ ހޯދަން އެދި ހުށަހަޅަން ހުޅުވައިލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދަން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވާއިރު އިސްލާމިކް މިނިސްޓްރީން މި މުއްދަތު އިތުރުކޮށް ކުރި އިއުލާނުގައިވަނީ ހުއްދައަށް އެދުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްފައި ވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް ޓަކައި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންކުރާ “ޕްރޮޕޯސަލް ފޮތް” އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން 20،000ރ. ގެ ފީއެއް ސަރުކާރަށް ދައްކަން ޖެހޭނެއެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 43 ކުންފުންނަކަށް ދީފައިވާއިރު އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި 12 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ ނޮވެމްބަރުގައި ހަމަވާއިރު 7 ކުންފުނީގެ ހުއްދަ މާރިޗް މަހަށް ހަމަވާނެއެވެ.