English Edition
Dhivehi Edition
ގެއްލިގެން ހޯދަމުން ދިޔަ އުމްރާވެރިޔާ

ގެއްލިގެން ހޯދަމުން ދިޔަ އުމްރާވެރިޔާ ފެނިއްޖެއެވެ.

އެ މީހާ އުމްރާއަށް ދިޔަ ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ސ. މީދޫ ހަވާ، މުހައްމަދު ތައްކާނު ފެނިފައިވާ ކަމަށެވެ. އަދި އެ ގްރޫޕުން ވަނީ ތައްކާނު ހެޔޮހާލުގައި ހުއްޓާ ފެނިފައިވާއިރު ހެޔޮދުއާ ކޮއްދިން ހުރިހާ އެންމެންނަށް ގުރޫޕާއި ތައްކާނުގެ އާއިލާގެ ނަމުގައި ޝުކުރުއަދާކޮށްފައެވެ.

ތައްހާނު އަކީ ރަމަޟާން މަހުގެ 15 ގައި އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތެކެވެ.

މީގެ ކުރިންވެސް އުމްރާއި ހައްޖަށްދާ މީހުން ގެއްލިގެން ހޯދާފައިވާއިރު މި މައްސަލަ ހައްލު ކުރުމަށް ގުރޫޕުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.