English Edition
Dhivehi Edition
18 މާރިޗު 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ހިޔާ ފްލެޓުތައް ތަޅާލަންވެސް މި ސަރުކާރަށް ނޭނގޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ، ހުޅުމާލެ ދެވަނަ ފޭސްގައި އަޅައިފައިވާ ހިޔާ ފްލެޓުތަކާއި ގުޅޭ ގޮތުން ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ،

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޑައިގެން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ފަށައިފައިވާއިރު، މި ސަރުކާރު އައިރު އެ މަސައްކަތް އޮތީ ނުހުއްޓުވޭނެ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެންނަމަވެސް އެތަން ތަޅާލަން ވިސްނި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަސްލަމް ގެ މި ވާޙަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު މެމްބަރު ޝިޔާމް ވިދާޅުވީ ހިޔާފްލެޓުތައް ތަޅާލަންވެސް މިސަރުކާރަށް ނޭނގޭނެ ކަމަށެވެ. އެއީ އެވަރުގެ އިމާރާތް ތަޅަންވެސް ކޮންމެވެސް ވަރެއްގެ ތެތްކަމެއް ބޭނުންވާނެކަމަށެވެ.