English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ 4000 ފްލެޓުގެ ދާއިމީ ލިސްޓަށް ގިނަ ބައެއްގެ ޝަކުވާތައް ހުށަހަޅާފައިވާއިރު، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަދެފިއެވެ.

އޭސީސީ އިން އިއްޔެ، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ހުއްޓާލަން ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާއިރު މިއަދު ހެނދުނު އެ ކޮމިޝަނުން ވަނީ ތަހުގީގު ފެށުމަށް ޕްލޭނިން މިނިސްޓްރީއަށް ވަދެފައެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީއަށް ގިނަ ބަޔަކު އެއްވެ އިހްތިޖާޖުކޮށްފައިވާއިރު، އެ މިނިސްޓްރީން ވަނީ ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރު 5، 2023 އިން ފެށިގެން ނޮވެމްބަރު 9، 2023 ގެ 16:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައެވެ، ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ދާއިމީ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4000 މީހުން ކަނޑައެޅުމުގައި އެއްވެސް ކަހަލަ އުސޫލެއްނެތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އާންމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދުވެސް ވަނީ ހުށަހަޅާފައެވެ.