English Edition
Dhivehi Edition

ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، މައްސަލަ ބެއްލެވި ގާޒީ ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެ، އެ ގާޒީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީ އިން ފިޔަވަޅު އަޅާފައިވަނީ ގާޒީ އަބްދުﷲ އަދީބު އަށެވެ.

ޖޭއެސްސީ އިން ބުނެފައިވަނީ ގާޒީ އަދީބުގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.4 އަދި 6.5 އާ ހިލާފަށް ކޮށްފައިވާ އަމަލަލެއްކަމަށެވެ.އަދި ޖޭއެސްސީގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީ އިން މިހާރުވެސް ފިނޑިޔާރުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން އަންނައިރު އެ ކޮމިޝަނުން ވަނީ ބައެއް މައްސަލަތައް ބެލުމަށްފަހު ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ފަނޑިޔާރުން ވަކިވެސްކޮށްފައެވެ.