English Edition
Dhivehi Edition
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ހުޒައިފާ ކުރައްވަނީ: -- ފޮޓޯ/ޖޭއެސްސީ

ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިސްގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލީ އެ ކޯޓުގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު ހައިކޯޓަށް ޕްރޮމޯޓް ކުރެއްވުމަށް ފަހު އެ މަގާމު ހުސްކޮށް އޮތުމާއި ގުޅިގެންނެވެ. ޖޫން މަހުގެ ފަހުކޮޅު ހުޒައިފާ ހައިކޯޓަށް އައްޔަން ކުރެވުނު ފަހުން ފެމިލީ ކޯޓުގެ އިސްގާޒީގެ މަގާމަށް ރަސްމީކޮށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

ފެމިލީ ކޯޓުގެ އިސްގާޒީ ގެ މަގާމަކީ 31000 ރުފިޔާގެ މުސާރައަކާއި 15000 ރުފިޔާގެ ލިވިން އެލަވަންސްއެއް ލިބިވަޑައިގަންނަވާ މަޤާމެކެވެ.

ފެމިލީ ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން 13 ޛުލްޤަޢިދާ 1431، 21 އޮކްޓޯބަރ 2010 ގައި އުފައްދަވާފައިވާ ކޯޓެކެވެ. މި ކޯޓު ކުރިން ހިގަމުން އައީ ޢާއިލާއާބެހޭ ކޯޓުގެ ނަމުގައެވެ. ޢާއިލާބެހޭ ކޯޓު އުފެދިފައިވަނީ ކުރީގެ ކޯޓު ނަންބަރު 1 އުވާލެއްވުމަށްފަހު 01 އޯގަސްޓް 1997 ގައި މިނިސްޓަރ އޮފް ޖަސްޓިސް އަޙްމަދު ޒާހިރުގެ މިނިސްޓަރކަމުގައެވެ.