English Edition
Dhivehi Edition

ޓީވީ ޑްރާމާތަކުންނާއި ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުން ފެނިގެން ދިޔަ ރާމް ކަޕޫރު އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ބެލުންތެރިންނާއި އޭނާގެ ސަޕޯޓަރުން ހައިރާންކޮށްލައިފިއެވެ.

ޓީވީ އިން ރާމް ކަޕޫރު ފެންނަން ފެށީއްސުރެ، އަބަދުވެސް ފަލަކޮށް، އަދި އުމުރަށްވުރެ ދޮށީކަމުގައި ދައްކާ ރާމް ކަޕޫރުވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް މީގެ ކުރިން އޭނާގެ ހަށިގަނޑަށް ފާޑުކިޔަމުން ދިޔަ އެންމެންގެ އަނގަ ބަންދުކޮށްލާފައެވެ. މީގެ ކުރިން ބަރުދަނުގައި 130 ކިލޯ ހުރި ރާމް ކަޕޫރު ބުނީ އޭނާގެ ހަށިގަނޑަށް މިހާ ބޮޑު ބަދަލެއް ގެނައުމަށްޓަކައި ކުރަމުން ދިޔަ މަސައްކަތްތަކާއި ދުރުވާންޖެހުނުކަމަށެވެ.

Ram Kapoor's Net Worth As The 'Abhay 2' Actor Rings In His 47th Birthday Today; Read

ހަ މަސް ދުވަހަށް މަސައްކަތާއި ދުރުގައި ހުރި ރާމް ބުނީ ހަށިގަނޑަށް ބޮޑު ބަދަލު ގެނައުމަށް ބޭނުންކުރި ފޯމިއުލާއަކީ “އިންޓަމިޓެންޓް ފާސްޓިންގް” ފޯމިއުލާއެވެ. ހަށިގަނޑުން 20 ނުވަތަ 30 ކިލޯ ލުއިކޮށްލަން ބޭނުންވި ރާމް ބުނީ އޭނާ ގެންގުޅުނު ފޯމިއުލާގައި 8 ގަޑިއިރު ކެއުމަށް ފަހު އަނެއް 16 ގަޑިއިރު ނުކައި ހުންނަޖެހެއެވެ، މި ގޮތުން ރާމް ކެއުމަށް ހަމަޖެއްސި ވަގުތަކީ ހެނދުނު 9 ން ފެށިގެން ހަވީރު ފަހެކާއި ހަމައަށްކަން ރާމްވަނީ ބުނެފައެވެ. އަދި މި ޑައިޓްގެ ސަބަބުން ރާމްގެ ހަށިގަނޑުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ރާމްވަނީ ބުނެފައެވެ.

ރާމްގެ ހަށިގަނޑަށް ގެނައި މި ބަދަލާއެކު މިހާރު އޭނާ މާ ޒުވާންކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާމްގެ މި ބަދަލާއެކު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަނުޕަމާއިންނެވެ.