English Edition
Dhivehi Edition

އައްޑޫ ހެރެތެރޭގައި ހިންގަމުންދާ ކެނެރީފް އައިލެންޑް ރިސޯޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާއެކު އެ ރިސޯޓްގެ މެނޭޖްމަންޓުން ވަނީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ދެ އަހަރަށް އެ ތަން ބަންދު ކުރަން ނިންމާފައެވެ. ސިންގަޕޫރުގެ ކްރެސަންޑަސް ކުންފުނިން ހިންގަމުން އައި މި ރިސޯޓް2020 ވަނަ އަހަރު ބަންދުކުރަން ނިންމާފައިވަނީ ސިންގަޕޫރުގައި ހުންނަ ރިސޯޓުގެ މައި އޮފީހުންނެވެ، މި ރިސޯޓު ބަންދުކުރުމާއި ގުޅިގެން އައްޑޫ ގެ ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު އޭރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވަނީ ރިސޯޓު ހިންގުމުގައި ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭކަމަށް ބުނެފައެވެ،

ކޮވިޑް19 ގެ ސަބަބުން ބަންދުކޮށްފައިވާ ކެނެރީފް ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ރިސޯޓުގެ މެނޭޖްމަންޓުން މިހާރު އަންނަނީ ކުރަމުންނެވެ. މިދިޔަ އޮކްޓޯބަރު މަހު އައްޑޫސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ރިސޯޓްގެ މެނޭޖްމެންޓުން ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިސޯޓް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ.

މިހާރުވެސް ރިސޯޓް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު އެ ރިސޯޓުން ވަނީ ގިނަ އަދެދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައެވެ. މި ގޮތުން އިންޖިނިއަރިން ޑިޕާޓްމެންޓަށް އޭސީ މެކޭނިކެއްގެ އިތުރުން ޕޫލް އެޓެންޑެންޓެއް އަދި ކިޗަން އެންޑް ލޯންޑްރީ އެކިއިޕްމެންޓް ޓެކްނީޝަނެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ، މީގެ އިތުރުން އެފްއެންބީ އާއި ހައުސްކީޕިން އާއި ފްރޮންޓް އޮފީސް، އަދި ބަނދިގެ އާއި ސެކިއުރިޓީންގެ އިތުރުން ފައިނޭންސަށްވެސް މީހުން ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ސީވީ ފޮނުވުމަށް އެ ރިސޯޓުން ވަނީ އެދިފައެވެ.

ކެނެރީފް ރިސޯޓް އަލުން ހުޅުވޭއިރު ސްރީލަންކަންގެ ދަތުރުތަށް ވެސް މިއަހަރު ފަހުކޮޅު އައްޑޫއަށް ފަށާނެކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ،