English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި އޮންނަ ކެނަރީފް ރިސޯޓުގައި އުޅޭ ބަންގްލަދޭޝްގެ މުވަޒަފުން، އެމީހުންގެ ގައުމަށް ދެވޭގޮތް ނުވެ ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ރިސޯޓުގެ ބިދޭސީންގެ ބައެއް މުވައްޒަފުންވަނީ މި އަދު އެޗްއާރު އޮފީސް ދޮށަށް އެއްވެފައެވެ. ނަމަވެސް ފުލުހުން އައިސް އެމީހުންނާ ވާހަކަ ދައްކައިގެން ވަނީ އެސަހައްދުން ދުރުކޮށްފައެވެ.

ކެނަރީފް ގައި އުޅޭ މުވައްޒަފަކު “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ، 100އަށްވުރެ ގިނަ ބިދޭސީ މުވައްޒަފުން ފުރުވުމަށް ދިވެހި ސަރުކާރުން ނަގަން ޖެހޭހުރިހާ ހުއްދައެއް ނަގައި ރިސޯޓުން ފައިސާ ދައްކާގޮތަށް ޗާޓަރު ފްލައިޓެއް ހަމައްޖައްސަން ތައްޔާރުވެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް19 އަށްފަހު މުޅި ރިސޯޓް ހުއްޓުމަކަށް އައިސްފައިވާ އިރު އެތަނުގެ ހުރިހާ މުވައްޒަފުންނަށް މުސާރަދީ ގައުމަށް ނުފޮނުވި ތިބި މުވައްޒަފުންނަށް ވެސް ކާންދީ އެމީހުންގެ މުސާރަދީ ފައިވާނެކަމަށް އެރިސޯޓުން ވާހަކަ ދެއްކިމީހާ ބުންޏެވެ. އެހެން ނަމަވެސް އެމީހުންގެ ގައުމުން އެމީހުން ބަލައިގަންނަން ނޫޅުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް އޭނަބުންޏެވެ.

1 އޭޕްރިލުން ފެށިގެން 5 މަހަށް ބަންދުކޮށްފައިވާކަމަށް މީގެ ކުރިން ކެނެރީފުން ވަނީ ބުނެފައެވެ. ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އައްޑޫސިޓީގެ ކެނަރީފް ރިސޯޓު ހަމަޖައްސާފައިވާ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޭޕްރީލް 19 ވަނަދުވަހު ވިދާޅުވިއެވެ. ކަރަންޓީނު ފެސިލިޓީ އެއްގެ ގޮތުގައި އެ ރިސޯޓް އޮތުމަށްފަހު ޖޫން މަހު 15ގައި އަނެއްކާވެސް ދެއަހަރަށް އެރަށް ބަންދުކޮށް ގިނަ މުއައްޒަފުން ވަނީ ގެއަށް ފޮނުވާލާފައެވެ.

އެ ރިސޯޓު ބަންދު ކުރަނީ ރިސޯޓު ގެއްލުމުގައި ހިންގަމުން އަންނަތާ އަހަރު ތަކަށްފަހުއެވެ. ސަރުކާރުގެ ފަރާތުންވެސް އެ ރިސޯޓަށް އެހީ ނުލިބޭ ކަމަށް އަބަދުވެސް ވާހަކަ ދެކެވެއެވެ. އެހެންކަމުން މިހާރު ރިސޯޓުގެ މާލީ ހާލަތު ހުރި ގޮތުން އިތުރަށް ރިސޯޓު ހިންގެން ނެތުމުން ދެ އަހަރު ދުވަހަށް ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށްއެ ރިސޯޓުން މައުލޫމާތުދެއެވެ.

ކެނެރީފަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ރިސޯޓެވެ.

.