English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހިންގަމުން ދިޔަ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަދި ކެނަރީފް ރިސޯޓް ހުއްޓެން ދިމާވި ސަބަބަކީ ރިސޯޓް ކުލި ބޮޑުކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިއްޔެ ނިހާދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޝަންގްރިއްލާ އާއި ހެރެތެރޭގެ ކުލި ތިން ލައްކައިގައި އޮއްވާ 2010 ވަނަ އަހަރު އެ ދެ ރިސޯޓްގެ ކުލި ބޮޑު ކޮށްފައިވާކަމަށެވެ. މި ގޮތުން ރިސޯޓް ކުލި ބޮޑުކޮށް 2 މިލިއަން ޑޮލަރު ނަގްނަ ފެށުމަކީ އެ ދެ ރިސޯޓް ހުއްޓާލަން ޖެހުނު މައިގަނޑު އެއް ސަބަބު ކަމުގައި ނިހާދު ވިދާޅުވިއެވެ.

އިތުރަށް ނިހާދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަނެއްކާވެސް ރިސޯޓް ކުލި ބޮޑު ތަނުން ކުޑަކޮށް ދީފައިވާކަމަށެވެ. “ރައްޔިތުންގެ ހައްގުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މި ވަނީ އަނެއްކާވެސް ބޮޑު ތަނުން ކުލި ކުޑަކޮށް ދީފައި” ނިހާދުގެ ޓުވިޓްގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީ ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތްކުރަމުން ދިޔަ ޝަންގްރިއްލާ ރިސޯޓް ބަންދުކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެންނެވެ.