English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑު އަތާރް މުހްތާރާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރުގެ އަރިހުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު އަދި ކައުންސިލް މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވިދާޅުވީ މިއީ ދެ ފަރާތުގެ ގުޅުން ބަދަހިކޮށް ދެ ގައުމުގެ މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި ކައުންސިލްގެ ދަތުރުގައި އޭނާއަށް ޒިޔާރަތް ކުރެއްވިކަމަށް ޓަކައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ މޭޔަރަށް ޝުކުރު ދަންނަވާފައެވެ، މީގެ އިތުރުން ހައި ކޮމިޝަނަރު ވަނީ މިދިޔަ އޯގަސްޓު މަހު އައްޑުއަށް ކުރެއްވި ދަތުރުގައި މޭޔަރުގެ ފަރާތުން ލިބުނު މެހެމާންދާރީ ހަނދުމަފުޅު އާ ކޮށް އެކަމަށްވެސް ޝުކުރު އަދާކޮށްފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ސަރުކާރާ ގުޅިގެން ތައުލީމީ، ސިއްހީ، އިޖުތިމާއީ އަދި އެހެނިހެން ދާއިރާތައްވެސް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއަކީ ޕާކިސްތާނު ރައްޔިތުންގެ ދެވަނަ ހިޔާވައްސަށް ވީ ފަދައިން، ޕާކިސްތާނަކީ ދިވެހީންގެ ދެވަނަ ގެ ކަމުގައި ހައި ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވަނީ ހަދިޔާއެއްގެ ގޮތުން އައްޑޫ ސިޓީގެ މޭޔަރަށް ބެޑްމިންޓަން ރެކެޓު، ނެޓު، ޓީޝާޓު، ޝަޓްލް އަދި ރިޕްލޭސްމެންޓް ގްރިޕްސް ދީފައެވެ.