English Edition
Dhivehi Edition

އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު ‘ސޫރްޔަވަންޝީ’ ބޮޑު އަގުގައި ނެޓްފްލިކްސް އަށް ވިއްކާލައިފިއެވެ،

އިންޑިއާގެ މީޑިއާތަކުން ބުނީ، ފިލްމު ރިލީސްކުރިތާ ފަސް ދުވަސްތެރޭ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބުނު މި ފިލްމު ނެޓްފްލިކްސް އަށް ވިއްކާލާފައި ވަނީ 100 ކްރޯޑް ރުޕީސްއަށް ކަމަށެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ނެޓްފްލިކްސް އިން މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލުމަށް ނިންމާފައިވާއިރު މި ފިލްމު ވަނީ ރިލީޒްވުމާއެކު ލީކުވެސް ކޮށްލާފައެވެ. އެހެންނަމަވެސް ފިލްމަށް ލިބުނު ތަރުހީބަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ރޯހިތު ޝެޓީ އަދި ކަރަން ޖޯހަރް ޕްރޮޑިއުސްކުރި މި ފިލްމުގައި އަކްޝޭ އާއި ކެޓްރީނާ ކެއިފްގެ އިތުރުން އަޖޭ ދޭވްގަން އާއި ރަންވީރު ސިން ވެސް ފެނިގެންދާނެއެވެ، މި ފިލްމުގައި ފެނިގެންދާނީ މުމްބާއީއަށް ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާ ބައެއްގެ ހަމަލާ ހުއްޓުވަން ފުލުހުންކުރަމުންދާ މަސައްކަތެވެ،