English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރްގެ މަންމަ، އަރޫނާ ބާތިޔާ މަރުވެއްޖެއެވެ.

އަރޫނާ މަރުވީ ހާލު ދެރަވެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަކްޝޭގެ މަންމަ މަރުވިކަން ޔަގީންކޮށްދެމުން އޭނާ ކރި ޕޯސްޓެއްގައި ބުނީ މަންމަ މަރުވުމުން ވަރަށް ބޮޑު ހިތާމައެއް ލިބިއްޖެ ކަމަށާއި މިއީ އާއިލާއަށް ވަރަށް ހިތްދަތި ވަގުތެއްކަމަށެވެ. އަދި މި ހާލަތުގައި އެންމެންގެ ހެޔޮ ދުއާތައް މަންމައަށް ކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

އަރޫނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރު އަކްޝޭ ހުރީ ފިލްމް “ސިންދްރެއްލާ” ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައި އެވެ. އަރޫނާ ހޮސްޕިޓަލަށް ގެނައުމާއެކު އަކްޝޭ ވަނީ ހޯމަ ދުވަހު އިންޑިއާއަށް ގޮސްފައެވެ.