English Edition
Dhivehi Edition

1994 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްވެސް އެ ލަވައަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ “ޓިޕް ޓިޕް ބަރްސާ ޕާނީ”ގެ އާ ރެންޑިޝަން ރިލީޒްކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ވިއުޒް ޔޫޓިއުބުގައި ވަނީ ލިބިފައެވެ.

އަކްޝޭ ކުމާރު އަދި ކެޓްރީނާ ކެއިފް ފެނިގެންދާ މި ލަވައަކީ މިހާރު ސިނަމާގައި ދައްކަމުންދާ “ސޫރްޔަވަންޝީ”ގެ ލަވައެކެވެ. ކެޓްރީނާ އާއި އަކްޝޭގެ މޮޅު ހުނަރާއެކު މި ލަވައަށް އިތުރު ފުރިހަމަކަށް ލިބިގެން ދިޔައިިރު، މި ލަވަ ކިޔާފައިވަނީ އުދިތް ނަރްޔަން އާއި އަލްކަ ޔަގްނިކް އެވެ. މި ލަވައިގެ ލިރިކްސް ހަދާފައިވަނީ އާނަންދު ބަކްޝީ އާއޮ ތާނިޝްކް އެވެ.

މި ފަހަރުގެ ލަވައިގައިވެސް ކުރިން ލަވައިގައި ހިމެނުނު ހުރިހާ ރަހަތަކަށް ހިމެނިފައިވާކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، މިފަހަރުގެ ލަވައިގެ މިއުޒިކަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންސްފައެވެ.

މި ލަވައިގެ ކުރީގެ ވާޝަންގައި އަކްޝޭ ކުމާރު އެކު ރަވީނާ ޓަންޑަން ގެ މޮޅު ހުނަރުފެނިގެން ދިޔައިރު މި ލަވައަކީ އެ ދުވަސްވަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު “މޮހްރާ” ގެ ލަވައެކެވެ. މި ފިލްމަށް ލިބިގެންދިޔަ ތަރުހީބު އަކްޝޭގެ “ސޫރްޔަވަންޝީ” އަށްވެސް ލިބެމުން އަންނައިރު މި ފިލްމު ރިލިޒް ކުރިތާ މާ ގިނަ ދުވަހެއް ނުވެ ފިލްމު ވަނީ ލީކްކޮށްލާފައެވެ. އެހެންނަމަވެސް ސިނަމާތަކުގައި މި ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް އެއްވެސް ބަދަލެއް ނާންނަކަމަށް ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ވަނީ ބުނެފައެވެ.