English Edition
Dhivehi Edition

ކޮވިޑް19 ގެ ދެވަނަ ރާޅަށް ފަހު އިންޑިއާގެ ބޮޑު ސްކްރީންގައި އަޅުވާ ފުރަތަމަ ފިލްމަކީ ސްޕައި ތްރިލަރ ފިލްމު “‘ބެލް ބޮޓަމް”އެވެ.

“ބެލް ބޮޓަމް” އަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު “ބެލް ބޮޓަމް”ގެ ހިންދީ ރީމޭކެކެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝާ ކުމާރްގެ އިތުރުން ވާނީ ކާޕޫރު އާއި ލާރާ ދައްތާ އަދި ހުމާ ގުރައިޝީވެސް ފެނިގެންދާ މި ފިލްމު މިއަދު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ގިނަ ބަޔަކު ތިބީ މި ފިލްމުގެ އިންތިޒާރުގައެވެ. މި ފިލްމާއި ބެހޭ ގޮތުން މިހާތަނަށް މާބޮޑު ވާހަކައެއް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީޑީއާގައި ހިއްސާކޮށްފައި ނުވިނަމަވެސް މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއްކަމުގައި އެ ޓީމުން ވަނީ ބުނެފައެވެ.

ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގައި ފެނިގެންދާނީ 1980 ގެ އަހަރުތަކުގައި އުޅުނު މަޝްހޫރު ބައެއްގެ ވާހަކަތަކެވެ. މި ފިލްމުގެ ހުރިހާ މަންޒަރެއްވެސް ސޮކްޓްލޭންޑްގައި ނަގާފައިވާއިރު މި ފިލްމުގެ ލީޑް އެއްތަރިކަމުގެވާ ލާރާ ވަނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންސްފައެވެ.