English Edition
Dhivehi Edition

ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ހަށިފާރަވެރިއަކަށް، ޝާހު އެންމެ އިތުބާރުކުރާ އޭނާގެ ހަށިފާރަވެރިޔާ ހަމަޖައްސައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އާރްޔަންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝާހުގެ އަމިއްލަ ހަށިފާރަވެރިޔާ ރަވީ ސިންގް ހަމަޖައްސާފައިވާއިރު އޭނާ އަކީ ޝާހު އެންމެ އިތުބާރުކުރާ އެއް ފަރާތެވެ.

އުމުރުން 23 އަހަރުގެ އަރިޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އާރިޔަން ހައްޔަރު ކޮށްފައިވަނީ ނާކޮސްޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ސަފާރީއެއް ބަލާ ފާސްކުރުމުގެ ތެރެއިިންކަމަށެވެ.

އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔަން ހައްޔަރުކުރުމާއި ގުޅިގެން ޝާހުގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް އޭނާ ވަނީ ހުއްޓާލާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލުމާއެކު ޝާހު އާއި އޭނާގެ އަނބިމީހާ ވަނީ އާރްޔަންއަށް ބައެއް ކަހަލަ ކަންތައްތައް މަނާވެސް ކޮށްފައެވެ. އަދި އާރްޔަން ކޮންމެ ތަނަަކަށް ދިޔަ ނަމަވެސް އޭނާ އާއި އެކު ހަށިފާރަވެރިއަކު ދާ ގޮތަށް ޝާހު ވަނީ ނިންމާފައެވެ.