English Edition
Dhivehi Edition

މަސްތުވާތަކެތީގެ މައްސަލައެއްގަައި މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރި ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާން، ކަފާލާތުގެ ދަށުންވެސް ދޫކޮށްނުލުމުން ޝާހު އޭނާގެ ޝޫޓިންތައް ކެންސަލްކޮށްފިއެވެ.

އުމުރުން 23 އަހަރުގެ އަރިޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އާރިޔަން ހައްޔަރު ކޮށްފައިވަނީ ނާކޮސްޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ސަފާރީއެއް ބަލާ ފާސްކުރުމުގެ ތެރެއިިންކަމަށެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އާރްޔާން ހައްޔަރުކުރުމަށް ފަހު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

އަރިޔަންގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ޝާހުގެ ޝޫޓިންތައް މިވަގުތަށް މަޑުޖައްސައިލަން ނިންމާފައިވާއިރު އިންޑީއާގެ އިތުރުން ޔޫރަޕުގެ ގައުމުތަކުގައިވެސް ޝޫޓްކުރުމަށް ހަމަޖެހިފައިވާ ޝާހުގެ ފިލްމު ‘ޕަތާން’ގެ ޝޫޓިންވެސް އޭނާ ވަނީ ކެންސަލްކޮށްފައެވެ.

މި ފިލްމުގެ ޝޫޓިން މި މަހުގެ 10 ވަނަ ދުވަހު ސްޕެއިންގައި ފެށުމަށް ކުރިން ވަނީ ތައާވަލްކޮށްފައެވެ. އިންޑިއާގައި ނަގަންޖެހޭ މި ފިލްމުގެ ހުރިހާ މަންޒަރެއް ނިމިފައިވާއިރު، ޝާހު ވަނީ ޝޫޓިންތައް މެދުކަނޑާލުމަށްފަހު ދަރިފުޅު ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.