English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރި އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާން ހައްޔަރުކޮށްފި އެވެ.

އުމުރުން 23 އަހަރުގެ އަރިޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އާރިޔަން ހައްޔަރު ކޮށްފައިވަނީ ނާކޮސްޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ސަފާރީއެއް ބަލާ ފާސްކުރުމުގެ ތެރެއިިންކަމަށެވެ. އަރިޔަންގެ އިތުރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮލީވުޑްގެ އެހެން ތަރިއެއްގެ ދަރިޔަކު ވެސް ހިމެނޭ ކަމަށްވެ އެވެ.

އެންސީބީ އިން މިކަން ކަށަވަރުކޮށްދެމުން ބުނީ ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން މުމްބާއީގައި ހިންގި އޮޕަރޭޝަނެއްގައި ކްރޫޒް ލައިނާއެއް ބަލާފާސްކޮށް ބާރަ ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކުރި އެންމެން މިހާރު ބަންދުކޮށްފައިވާއިރު އެންސީބީން ބުނީ ހައްޔަރުކުރި އެންމެންގެ ފޯނު ވެސް އަތުލައި އެ މީހުންގެ ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ޝާހުރުކް ޚާން އެއްވެސް ވާހަކައެއް މީޑީއާގައި ދައްކާފައެއް ނުވެއެވެ.