އުމުރުން 23 އަހަރުވިއިރު އަދި ލޯބީގެ ގޮތުން ގުޅުނީ އެންމެ ހަތަރު މީހުންނާއި ކަމަށް މަޝްހޫރު ބަތަލާ އާލިއާ ބްޓް ބުނެފިއެވެ.
ކަރަން ޖޯހަރްގެ ކޮފީވިތް ކަރަންގައި އާލިއާ އާއި ޝާހުރުކު ހާން ބައިވެރިވި އެޕިސޯޑުގައި އާލިއާ ރަށްޓެހިވެގެން އުޅެނީ ކާކާތޯ ސުވާލުކުރުން ޝާހު ބުނީ އާލިއާ ބޮލީވުޑަށް ނިކުތް އިރުން ފެށިގެން އޭނާ އެކި މީހުންނާ ގުޅުން އޮންނަ ކަމުގެ އަޑުތައް އަރާފައިވާކަމަށެވެ. އަދި އާލިއާ ބޮލީވުޑްގެ ގިނަ ތަރިންތަކަކާ ރަށްޓެހިވާ މަންޒަރަކީ އޭނާ ވަރަށް ހައިރާން ކުރުވާ ކަމެއްކަމުގައި ޝާހު ބުނެފައިވާއިރު އޭނާގެ މި ވާހަކަތަކަށް ޖަވާބު ދެމުން އާލިއާ ބުނީ އޭނާއަށްވީ ހަމައެކަނި 23 އަހަރު ކަމަށާއި އަދި އޭނާގެ އުމުރު ދުވަހު ރައްޓެހިވީ އެންމެ ހަތަރު މީހުންނާއި ކަމަށެވެ. އާލިއާގެ މި ވާހަކައަށް ރައްދު ދެމުން ޝާހު ބުނީ އޭނާއަކީ ވަރަށް ކުރީ ޒަމާނުގެ ވިސްނުން ގެންގުޅޭ މީހެއް ކަމުން 23 އަހަރުގައި 4 ލޯބިވެރިން ތިބުމަކީ އޭނާއަށް ވަރަށް ބޮޑު ކަމެއް ކަމަށެވެ.
އާލިއާ އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ދާދިފަހުން ރަންބީރ ވަނީ ޓީވީ ޝޯއެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ލޯބިވެރިޔާ އާލިއާ އާއި ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެފަ އެވެ. އިތުރަށް ރަންބީރު ބުނީ ކޮވިޑް19 ދުނިޔެއަށް ނުފެތުރުނުނަމަ މިހާރު އެ ދެ މީހުން ތިބީހީ ކައިވެނި ކޮށްގެން ކަމަށެވެ.