English Edition
Dhivehi Edition
2019 ވަނަ އަހަރު ބޭއްވި ހިރާ ސްކޫލް ގްރެޖުއޭޝަން ހަފްލާ

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ފައިނަލަށް އައްޑޫގެ ހިރާ ސްކޫލް ހޮވިއްޖެއެވެ.

ހިރާ ސްކޫލުން ބުނީ ދެކުނު އޭޝިޔާ ސަރަހާއްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގެރީއިން، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒުގެ ފައިނަލަށް އެ ސްކޫލު ހޮވިފައިވާކަމަށެވެ.

މިއަހަރުވެސް 151 ގައުމަކުން 4000 ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު ހިރާ ސްކޫލު މި އެވޯޑަށް ފައިނަލް ވެފައިވަނީ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ. ހިރާ ސްކޫލްގެ އިތުރުން ސައުތު އޭޝިއާއިން މި ކެޓަގަރީގައި ނޭޕަލް ގެ ދި ބްލިންކް ނައު ފައުންޑޭޝަނާއި އިންޑިއާގެ ކުވާރީ ހަންސާ ހަޔާ ސެކަންޑްރީ ސްކޫލް ވަނީ ހިމެނިފައެވެ.

ގްލޯބަލް ހައި ސްކޫލް ކެޓަގަރީ، ހަ ރީޖަންއަކަށް ބަހާލާފައިވާއިރު މި އެވޯޑަށް ޖުމްލަ 18 ގައުމަކުން 18 ސްކޫލު ވާދަކުރެއެވެ. މީގެ ތެރެއިން ހަ ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާއިރު މި އެވޯޑް ކާމިޔާބުކުރާ ހަ ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކަށް 100،000 ޔޫއެސްޑީ ލިބިގެން ދާނެއެވެ.

ޒައިދު ސަސްޓައިނަބްލިޓީ ޕްރައިޒުގެ ފައިނަލަށް މި އަހަރުވެސް 30 ފަރާތެއް ވަނީ ހޮވިފައެވެ. ޖަޖުންގެ މާކްސް އަށް ބަލައި ހޮވިފައިވާ މި 30 ފަރާތުގެ ތެރެއިން، މި އެވޯޑް ހާސިލްކުރާ 10 ފަރާތް އިއުލާންކުރުން އޮންނާނީ މިއަހަރުގެ ޖަނަވަރީ މަހު ބާއްވާ ‘އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް’ ގައެވެ.

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ، 5 ދާއިރާ އަކުން ދެމެހެއްޓެނެވި ހައްލުތައް ހޯދާ ފަރާތްތަކަށް ޔޫއޭއީ އިން ދެމުން އަންނަ އެވޯޑެކެވެ. 2008 ވަނަ އަހަރުން ފެށިގެން މި އެވޯޑު ދެމުން އަންނަ ދާއިރާތަކަކީ ސިއްހަތާއި ކާނާ، ހަކަތަ އާއި ފެން، އަދި ގްލޯބަލް ހައި ސްކޫލްގެ ދާއިރާއިންނެވެ. ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ ޝެއިޙް ޒައިދު ސުލްތާން އަލް ނަހްޔާނުގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.