English Edition
Dhivehi Edition

“މިނިވަންކަމުގެ ދިފާއުގައި-ދިވެހިން”ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ހިނގާލުމެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު އެ ކޯލިޝަނުން ބޭއްވި ހިނގާލުމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އާއި ނައިފަރި ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޕީޕީއެމް އާއި ޕީޕީއެންސީގެ އިސް ބޭފުޅުންނެވެ، ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާފައެވެ.

މީގެ އިތުރުން މި ހިނގާލުމުގެ ބައިވެރިން ވަނީ އައްޑޫގައި ހަދާފައިވާ ޕޮލިސް ޓްރެއިނިން ސްކޫލުގެ މައްޗަށް އިންޑިއާ ސިފައިން އަތް ގަދަ ކޮށްގެން ތިބި ތިބުން ނިމުކަށް ގެނެސް އެތަން އައްޑޫ ރައްޔިތުންނަށް ހޯދައިދިނުމަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ މި ހިނގާލުމަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށާއި، މިނިވަންކަމާ ދެކޮޅަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރުމަށް ގޮވާލާކުރިއަށް ގެންދާ ސުލްހަވެރި ހިނގާލުމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.