ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
“މާލޭގެ މަގުތަކުގައި ދަމާފައިހުރި ބެނާތަކާއި ޕޯސްޓަރުތަކުގައި އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް ފެނިފައިވޭ. އެ މައްސަލަ ވަނީ އީސީއަށް ހުށަހަޅާފަ,” – ހީނާ ވަލީދު-
ހީނާ ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ޓަކައި މާބޮޑު ކަންތައްތަކެއް ކުރެވިގެން ގޮސްފައި ނުވާކަމަށެވެ. އަދި އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އެމްޑީޕީން އިހުމާލުވެ ފުރައްސާކުރި މަންޒަރު ވެސް ފެނިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.