English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށް ރާއްޖެ އަކީ އޭނާގެ “ހެޕީ ޕްލޭސް” ކަމަށް ބުނެފިއެވެ.

އަބަދުވެސް ރާއްޖޭގެ ރީތިކަން ދައްކައިދޭ ފޮޓޯތައް އިންސްޓަގްރާމްގައި ބެލުންތެރިންނާއި ހިއްސާކުރާ ކެޓްރީނާ ވަނީ މިފަހަރު އޭނާ ނެގި ފޮޓޯ އާއި އެކު ރާއްޖެ އަކީ އޭނާގެ “ހެޕީ ޕްލޭސް” ކަމަށް ބުނެފައެވެ.

މިދިޔަ މަހު ކެޓްރީނާ އާއި ވިކީ ކޯޝަލް ހަނީމޫނަށް ވެސް ރާއްޖެ އައިސްފައިވާއިރު، ހީނާފަތް އެޅި ދެ އަތުގެ ފޮޓޯއެއް، ރާއްޖޭގެ ގޮނޑުދޮށުގައި ނަގައި ކެޓްރީނާ ވަނީ ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

މި ފަހަރު ކެޓްރީނާ އެކަނި ރާއްޖެ އަށް އައިސްފައިވަނީ އިޝަތިހާރެއް ކުޅުމަށްކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިއީ ކޮން ބްރޭންޑެއްގެ އިޝްތިހާރެއްކަން މީޑީއާތަކުން ހާމަކޮށްފައި ނުވާއިރު މިކަމާއި ބެހޭ އެއްވެސް ތަފްސީލެއް ކެޓްރީނާވެސް ދީފައެއް ނުވެއެވެ،

ކައިވެންޏަށް ފަހުވެސް ވަރަށް ބިޒޫ ޝެޑިއުލްއެއްގައި މަސައްކަތްކުރަމުން އަންނަ ކެޓްރީނާ، މި އިސްތިހާރުގެ މަސައްކަތަށް ފަހު، “ޓައިގާ 3” ގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.