English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ބަނޑުބޮޑުކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް އާއި ކައިވެނިކުރި ކެޓްރީނާ ބަނޑުބޮޑުކަމުގެ ހަބަރުތައް ފެތުރިފައިވަނީ ސޯޝަލްމީޑިއާގައި އާންމުވި ފޮޓޯއަކާއި ގުޅިގެންނެވެ.

މުމްބާއީ އެއާޕޯޓަށް ކުރުތާއެއް ލައިގެން އޭނާ ދިޔައިރު ހުރި ގޮތުން ބަނޑުބޮޑުކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު. އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ކެޓްރީނާގެ ބަނޑަށް މިހާރު ދެ މަސްވެފައިވާ ކަމަށެވެ. އަދި ބަލިވެ އިނުމުގެ ސަބަބުން ކެޓްރީނާގެ ފިލްމީ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ ހަބަރުތަކެއްވެސް ވަނީ ފެތުރިގެން ގޮސްފައެވެ.

އެހެންނަމަވެސް ކެޓްރީނާގެ ޓީމުން ވަނީ މި ވާހަކަތައް ދޮގުކޮށް އޭނާ ބަނޑުބޮޑު ނޫންކަމަށް ބުނެފައެވެ.

ކެޓްރީނާގެ ކުރިއަށް ހުރި ފިލްމު “ޓައިގާ 3” އަދި “ފޯނު ބޫތު”ގެ މަސައްކަތުގައި އޭނާ ވަރަށް ބިޒީކޮށް އުޅެމުން އަންނައިރު “ގޯވިންދާ ނާމް މެރާ” އާއި އިތުރު ފިލްމުތަކުގެ މަސައްކަތުގައި ވިކީވެސް އުޅެމުން ދަނީ ވަރަށް ބިޒީކޮށެވެ.