English Edition
Dhivehi Edition

ބޮލީވުޑްގެ ޚަބަރުތަކުން މިދުވަސްވަރު އެންމެ ފާހަގަކޮށްލެވޭ ޚަބަރަކީ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ޚަބަރުތަކެވެ.

އެމީހުންގެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، މިފަހަރު ވައިރަލްވެފައި މިވަނީ ކެޓްރީނާ އާއި ވިކީގެ ކައިވެންޏަށް ފަހު، ކެޓްރީނާގެ ތައްޔާރުކޮށްފައިވާ ހަލްވާއެއް ވިކީއަށް ކާންދިން ފޮޓޯ އާއި ވީޑިއޯ އެވެ.

ޚަބަރުތައް ބުނާ ގޮތުން ކައިވެންޏަށް ފަހު ކެޓްރީނާ ބަދިގެއަށް ވަދެ އެންމެ ފުރަތަމަ ވެސް ކެއްކީ “ޗޯންކާ ޗަރްދާނާ” ނަމަކަށް ކިޔާ ހަލްވާ އެކެވެ. ކައިވެނީގެ ފުރަތަމަ ދުވަހު ފިރިމީހާއަށް ފޮނިކާއެއްޗެއް ކައްކައިދިނުމަކީ އިންޑިއާގެ ސަގާފަތުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

އެ އުސޫލުން ކެޓްރީނާ ނުލާހިކު ލޯބިން ކައްކައިދިން “ހަލްވާ” ގެ ފޮޓޯ ސޯޝަލް މީޑިއާގައި ކެޓްރީނާ ހިއްސާކުރަމުން ބުނެފައިވަނީ “އެއީ އޭނާ ކެއްކި އެއްޗެއް” ކަމަށެވެ.

ކެޓްރީނާގެ “ހަލްވާ” ވިކީގެ އިންސްޓަގްރާމްގައި ވެސް އޭނާ ހިއްސާކޮށް، ބުނެފައިވަނީ އެއީ އޭނާ މިހައިތަނަށް ކެއި އެންމެ މީރު ހަލްވާ ކަމަށެވެ.

ރާޖަސްތާނުގެ ރިސޯޓެއްގައި ބޭއްވި ބޮޑު ހަފްލާއެއްގައި ކައިވެނި ކުރުމަށް ފަހު، އެމީހުން ދަނީ ކައިވެނީގެ އެކި ހަފްލާތަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ނެވެ.