އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހައި ސްޕީޑް ފައިބާ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ (އެޗްޑީީސީ) އާއި އެކު ޕާރޓްނަރވެ، މި ހިދުމަތްތައް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގައި އެހީތެރިވެދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ ސުޕަރނެޓް ހިދުމަތަށް އެދިލައްވާ ފަރާތްތަކަށް ހާއްސަ އޮފަރއެއްގެ ދަށުން ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ކޮށްދީފައެވެ. ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓްގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތަށް އެދިލައްވާ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ލިބި، ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެއެވެ.
“އުރީދޫ މޯލްޑިވްސްގެ މިޝަންއާއި އެއްގޮތުގެ މަތިން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް މުޖުތަމައުތަކަށް މުޖުތަމައުތައް ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އަބަދުވެސް އިސްކަންދޭ ކަމެއް. ޑިޖިޓަލް ޙީދުމަތްތަކުގެ މުހިންމުކަން އިތުރުވެފައިވާވީއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް އެންމެހައި ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއް. އެހެންކަމުން، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތާއެކު، އިންޓަރނެޓްގެ ފުރހިމަ ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަރނެޓް ޕޯޓްފޯލިއޯ ދާދި ފަހުން ގެނެވިފައިވާ ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހައި ސްޕީޑްތަކާއެކު ޑޭޓާ ރޯލްއޯވަރ އަދި ސުޕަރނެޓް ވޮއިސްގެ ޚިދުމަތްވެސް ލިބިގެންދާނެ. މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ހެޔޮ އަގުގައި އެންމެ ފުރިހަމަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އިން ވަނީ ދާދި ފަހުން، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކަށް އެކަށޭނެހެން، ސުޕަނެޓް ޕޯޓްފޯލިއޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާއެކު%100 އާއި ހަމައަށް ޑޭޓާ އެލަވަންސްތައް އިތުރުކުރެވިފައިވުމާއެކު ސުޕަރނެޓް ގެ ޕްލޭންތަކަކީ މިހާރު މާކެޓްގައި އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ލިބޭ ޕްލޭންތަކެކެވެ. މީގެ އިތުރުން އަންލިމިޓެޑް ޑޭޓާ ރޯލްއޯވަރ އާއި ސުޕަރނެޓް ވޮއިސް – ލޭންޑްލައިންގެ ޚިދުމަތް ވެސް ސުޕަރނެޓް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އުރީދޫ ކްލަބް ޕްރިމިއަރ ލޯޔަލްޓީ ޕްރޮގްރާމް މެދުވެރިކޮށް، ސުޕަރނެޓް 40އެމް އާއި މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، ލޯކަލް އަދި އިންޓަރނޭޝަނަލް ބްރޭންޑްތަކާއި ޕްލެޓްފޯމްތަކުން ހާއްސް އޮފަރތައް ލިބިގެންދާނެއެވެ.
ރާއްޖޭގެ އާބާދީގެ 75%އަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބޭ އިރު، ޚިދުމަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެ ކަވަރ ކުރުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަރނެޓްގެ ޚިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން އަރުވައެވެ.
ސުޕަރނެޓްއާއި ބެހޭ މައުލޫމާތް ހޯދާލުމަށް http://ore.do/supernet އަށް ޒިޔާރާތްކޮށްލައްވާށެވެ.
ސުޕަރނެޓްގެ ޙިދުމަތަށް އެދިލެއްވުމަށް http://ore.do/getsupernet އަށް ޒިޔާރާތްކޮށްލައްވާށެވެ.