English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އިންޓާ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026” ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި އޮފީސްތަކަށް ހުޅުވާލާއިފިއެވެ.

ޖުމްލަ 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ ކުރިއެރުވުންކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށާއި، ޒަމާނީ މުނިފޫހިފިލުވުމުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވަނި ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ތިން ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް އަދި އީއޭއެފްސީ ހިމަނާފައިވާ އިރު، ކޮންމެ ގޭމަކަށް 10،000 ރުފިޔާގެ މަގުން ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގެ ތާވަލު އަދި ރަޖިސްޓްރީވުމުގެ މުއްދަތު:

  1. މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އޮންލައިންކޮށް): މި ގޭމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 23 އޮކްޓޫބަރުގެ ރޭގަނޑު 23:59 އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރުގެ ރޭގަނޑު 20:00 ގައެވެ.
  2. ޕަބްޖީ މޮބައިލް (އޮންލައިންކޮށް): ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 25 އޮކްޓޫބަރުގެ ރޭގަނޑު 23:59 އެވެ. މުބާރާތް ފެށޭނީ 30 އޮކްޓޫބަރުގެ ރޭގަނޑު 20:00 ގައެވެ.
  3. އީއޭއެފްސީ (ލޭން އިވެންޓް): މި ގޭމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ 1 ނޮވެމްބަރުގެ ރޭގަނޑު 23:59 އެވެ. މި އިވެންޓް އޮންނާނީ 6 ނޮވެމްބަރުގެ ހަވީރު 16:00 ގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައެވެ.

ޕަބްޖީ މޮބައިލް (ޖުމްލަ 10,000 ރުފިޔާ):

  • 1 ވަނަ: 5,000 ރުފިޔާ
  • 2 ވަނަ: 3,000 ރުފިޔާ
  • 3 ވަނަ: 1,500 ރުފިޔާ
  • އެންމެ މޮޅު ކުޅުންތެރިޔާ: 500 ރުފިޔާ

    މޮބައިލް ލެޖެންޑްސް (ޖުމްލަ 10,000 ރުފިޔާ):

  • 1 ވަނަ: 5,000 ރުފިޔާ
  • 2 ވަނަ: 3,000 ރުފިޔާ
  • 3 ވަނަ: 1,500 ރުފިޔާ
  • އެންމެ މޮޅު ކުޅުންތެރިޔާ: 500 ރުފިޔާ

    އީއޭއެފްސީ (ޖުމްލަ 10,000 ރުފިޔާ):

  • 1 ވަނަ: 5,000 ރުފިޔާ
  • 2 ވަނަ: 3,000 ރުފިޔާ
  • 3 ވަނަ: 2,000 ރުފިޔާ

މުބާރާތުގައި ބައިވެރިވާ މުވައްޒަފުންނަކީ އެ އޮފީހެއްގައި މަދުވެގެން 6 މަސްދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުން ކަމުގައި ވާންޖެހޭނެއެވެ. ކޮންމެ މުއައްސަސާއަކަށްވެސް އެއްޓީމަށްވުރެ ގިނަ ޓީމު ބައިވެރިކުރުމުގެ ފުރުސަތު އޮތްއިރު، ޓީމުތައް އެކުލަވާލުމުގައި ބޭރުން ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ ފުރުސަތު ދީފައެވެ. (ނަމަވެސް އީއޭއެފްސީގައި ވާދަކުރެވޭނީ ހަމައެކަނި އެ އޮފީހެއްގެ ރަސްމީ މުވައްޒަފުންނަށެވެ.)

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ޓެގު