English Edition
Dhivehi Edition
އުރީދޫ ފަން ރަން

އުރީދޫ ފަން ރަން 2026 ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ފުރުސަތު މިރޭ 23:59 އަށް ހަމަވާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކުން ބައްދަލުކޮށް، އުފާވެރި މާހައުލެއްގައި އެއްބައިވަންތަކަން ފާހަގަކުރުމަށް ރާއްޖޭގައި ބާއްވާ މި ހަރަކާތަކީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ދުވުމެވެ.

މި ދުވުން ކުރިއަށް ގެންދާނީ ކަލާ ސްޓޭޝަންތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކުގަ އެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް އެ މީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި ނުވަތަ ނަށަމުން ވެސް ދުވުން ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިއަހަރުގެ ފަން ރަން އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ރަސްމީ ފިނިޝާ މެޑަލް ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. ކުލަގަދަ އަކުރުތަކެއް ހިމެނޭހެން ކާމިޔާބީގެ އިހުސާސް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ހާއްސަ ހަނދާނީ މެޑަލް، ފަސް ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ލިބޭނެ އެވެ.

ކުރީގެ އަހަރުތަކުގައި ލިބުނު ބޮޑު ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީ ކުރިއަށް ވުރެ ވެސް ކުލަގަދަ، ބައިވެރިންނަށާއި މުޅި މުޖުތަމައަށް ވެސް ޝައުގުވެރި ހަރަކާތަކަށް ކަމަށް އުރީދޫން ބުންޏެވެ. އެހެންކަމުން، މިރޭ 23:59 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކޮށް މި ހަރަކާތުގައި ބައިވެރިވުމަށް އުރީދޫން އިލްތިމާސްކުރެ އެވެ.