English Edition
Dhivehi Edition

އުރީދޫ ނޭޝަން އިންޓަ-އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެކި މުއައްސަސާތަކުން ޖުމްލަ 26 ޓީމު ވާދަކުރި މި މުބާރާތުގައި 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުގެ ގޭމިން ހުނަރު ދައްކާލައި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭ ސްޕޯޓްސް އެފްސީއެވެ. މި އިން ކޮންމެ ގޭމަކަށް 10،000 ރުފިޔާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް

  • ޗެމްޕިއަން: ޔުނައިޓެޑް ބީއެމްއެލް
  • ދެވަނަ: އެމްއޭސީއެލް
  • ތިންވަނަ: އެޗްޑީސީ ލެޖެންޑްސް

ޕަބްޖީ މޮބައިލް

  • ޗެމްޕިއަން: ކްލަބް އެޗްޑީސީ
  • ދެވަނަ: ކްލަބް އޭވީސެކް
  • ތިންވަނަ: އައިލެންޑް އޭވިއޭޝަން އައިއެފްއެސް

އީއޭ ސްޕޯޓްސް އެފްސީ

  • ޗެމްޕިއަން: ހުސައިން ޔައިޝް (ހިވިން އިންވެސްޓްމަންޓްސް)
  • ދެވަނަ: ހަސަން ފައުޒާން (ލޮނުހިރި ޕްރައިވެޓް ލިމިޓެޑް)
  • ތިންވަނަ: އަރްފާއު (ޕޮލްކޯ)

ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ކޮންމެ ޓީމަކަށް 5،000 ރުފިޔާ ދީފައިވާއިރު، ދެވަނަ ޓީމަށް 3،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 1،500 ރުފިޔާ ވަނީ ދީފައެވެ. އަދި މި ދެ ކެޓަގަރީގެ އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) އަށް 500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ. މީގެ އިތުރުން، އީއޭ ސްޕޯޓްސް އެފްސީ ކެޓަގަރީން އެއްވަނަ ހޯދި ކުޅުންތެރިޔާއަށް 5،000 ރުފިޔާ، ދެވަނައަށް 3،000 ރުފިޔާ އަދި ތިންވަނައަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ

ޓެގު