English Edition
Dhivehi Edition

މިއަހަރުގެ ތިންވަނަ ކުއާޓާގައި އުރީދޫ އަށް ސާފު ފައިދާގެ ގޮތުގައި 109.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން ނެރުނު ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 97.6 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު ވެސް މިއަހަރުގެ މި މުއްދަތުގައި އުރީދޫއަށް ލިބުނު ފައިދާ ވަނީ އިތުރުވެފަ އެވެ. އެގޮތުން އެކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 62 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ އަމްދަނީގެ ގޮތުގައި ޖުމްލަ 335.7 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު 58 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.