English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ​އައްޑޫ މީދޫ ބަށިބޯޅަ ޓޯނަމެންޓުން، އަސުރުމާ އަދި ފޭދޫ ބަށިބޯޅަޓީމް ފައިނަލަށް ގޮސްފިއެވެ.

ފޭދޫ ޓީމް ފައިނަލަށް ގޮސްފައިވަނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އޯކިޑް ޓީމާއި ބައްދަލުކޮށް 30 ލަނޑުން މޮޅުވެގެނެވެ.
އަދި އަސުރުމާ ޓީމު ފައިނަލަށް ގޮސްފައިވަނީ ސެމީފައިނަލްގައި އޯކޮޑްޓީމާއި ބައްދަލުކޮށް 26 ލަނޑު 0 ބޯޅައިން މޮޅުވެގެންނެވެ.

މި ޓޯނަމެންޓް ފަށާފައި ވަނީ އޯގަސްޓް 25 ވަނަ ދުވަހު އައްޑޫ މީދޫގައެވެ. މި މުބާރާތުގައި ބައިވެރި ވެފައި ވަނީ އައްޑޫ މީދޫ އަސުރުމާޓީމާއި، ލިލީ ޓީމާއި ،އޯކިޑް ޓީމާއި އަދި ފޭދޫ ބަށިޓީމެވެ.

ފައިނަލް މެޗު އޮންނާނީ 29 ވާ ހޮނިހިރު ދުވަހު، އައްޑޫ މީދޫ ބީވާ ޓާފްގައި 16:00 ގައެވެ.