English Edition
Dhivehi Edition

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ޝޯ ކަމަށްވާ ޓީޓީއެމް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މި މަހުގެ 26 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކާއި ހޮޓާތަކުން ބައިވެރިވާ ބޮޑު ހަރަކާތެކެވެ.

މިކަމާ ގުޅިގެން އުރީދޫއިން ބުނީ، އެ ކުންފުންޏަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދިނުމުގައި އިސްކޮށް އުޅޭ ކުންފުންޏެއް ކަމަށާއި، ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން އެންމެ ފަހުގެ ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފަދަ ތަފާތު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. މި ފަހަރުގެ ޝޯގެ “ޓީޓީއެމް ކަނެކްޓް މީޓިންގްސް” ބާސެލޯ ނަސަންދުރާގައި ބާއްވާއިރު، “ޓީޓީއެމް އެވޯޑްސް އެންޑް ގާލާ” އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މިއީ ޓީޓީއެމް ބާއްވާ 10 ވަނަ ފަހަރެވެ. މި އަހަރުގެ ޝޯގައި 120 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓަލުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 30 މާކެޓަކުން 250 އަށް ވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާނެއެވެ. މި ޝޯގެ ތެރެއިން ޓޫރިޒަމް ސިނާއަތުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކޮށް އެވޯޑްތައް އިއުލާންކުރުން އޮންނާނެއެވެ.

ޓެގު