English Edition
Dhivehi Edition
ފޮޓޯ: ޏ.އަތޮޅު ތައުލީމީ މަރުކަޒު

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.

މިއަދު ފެށިގެންދިޔަ މި މުބާރާތުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ހައުސްގެ ޓީމްތައް ވާދަކުރާއިރު މުބާރާތްކުރިއަށް ދަނީ މިއަދުން ފެށިގެން މި މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހަކު ހެނދުނު އެއް މެޗު އަދި ހަވީރު އެއް މެޗު ކުރިއަށް ދާނެއެވެ.

މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިމާދު ހައުސް އާއި އަމީނު ހައުސް އެވެ. އަދި މިއަދު ހަވީރު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ޝަނިވިރްޒާ ހައުސް އާއި މުޡައްފަރު ހައުސް އެވެ.

May be an image of text that says 'INTER-HOUSE FOOTBALL TOURNAMENT 2021/22 1 OFFICIAL FIXTURES Imad vs Ameen Nov Shanivirza vS Muzaffaru 6:30 1 Nov Imad vs Shaniviraza 16:00 Ameen 3 Nov 6:30 vS Muzaffaru 3 Nov Imad vs Muzaffaru 16:00 5 Nov Ameen vs Shaniviraza 6:30 5 Nov FINAL (Top two teams) 16:00 6 Nov 16:00'

ޏ.އަތޮޅު ތައުލީމީ މަރުކަޒުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. މި ގޮތުން މުބާރާތްކުރިއަށް ދަނީ ކޮންމެ ޓީމެއް، ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލަށްދާ ގޮތަކަށެވެ.

ކޮވިޑް19 ގެ ސަބަބުން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލުމަށްފަހު، އަލުން ސްކޫލްތަކުގައި ހަރަކާތްތައް ފަށާއި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމާއި ގުޅޭ އިދާރާތަކުން އިރުޝާދާއެކުގައެވެ.