English Edition
Dhivehi Edition
ފޮޓޯ: ހާފިޒް އަހްމަދު ސްކޫލް

ފުވައްމުލައް ސިޓީގެ ތިން ސްކޫލްގެ ޕީޓީއޭ އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުވައްމުލައް ސިޓީގެ ޙާފިޒު އަޙުމަދު ސްކޫލްގެ ޕީޓީއޭ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ފުވައްމުލަކު ސްކޫލުގެ ޕީޓީއޭ މި މަހުގެ 17 ވަނަ ދުވަހު އިފްތިތާހްކޮށްފައިވާއިރު ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީޓީއޭވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ނާއިބު ރައީސްއަކަށް 2021-2022 އަށް ހޮވިފައިވަނީ ހިންޓަން، މަރިޔަމް ޙަމީދާ އެވެ. ހާފިޒު އަހްމަދު ސްކޫލްގެ ނައިބް ރައީސަކަށް އިރަސްމިކުގެ، އައިޝަތު ޢަލީ ހޮވުނު އިރު ފުވައްމުލަކު ސްކޫލްގެ ނައިބް ރައީސަކަށް ހޮވިފައިވަނީ އޮނިކްސް، މަރިޔަމް ޢަފީފާއެވެ.

ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްތަކަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނައިރު ކުދިންގެ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށްވެސް ޕީޓީއޭތަކުން ބުރަ މަސައްކަތްތަކެއް ކުރެއެވެ.