English Edition
Dhivehi Edition

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ، ލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާންގެ ދޮށީ ފިރިހެން ދަރިފުޅު އަރްޔަން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމައިފިއެވެ.

އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖަލުގައި ހައްޔަރު ކޮށްފައިވާ އަރްޔަން ކާފާލާތުގެ ދަށުން ދޫކޮށްލަން ނިންމާފައިވަނީ ބޮމްބޭ ހައިކޯޓުންނެވެ.

މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަރްޔަން ހައްޔަރުކުރުމާއެކު، ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް އާއިލާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ހެކި ނައްތާލާނެކަމަށް ތުހުމަތުކޮށް އަރްޔަން ދޫކޮލުމަށް ކޯޓުން ވަނީ ދެކޮޅު ހަދާފައެވެ،

މި މައްސަލަ އާއި ގުޅިގެން އޭނާ އާއި މެދު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ބޮލީވުޑްގެ ތަރިންނާއި ޝާހުރުކްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އުމުރުން 23 އަހަރުގެ އަރްޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށެވެ.