English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ‘އެމްއީސީ ބަދެހިކަޕް’ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ މުބާރާތް މިއަހަރުވެސް ބާއްވާނެކަމަށް އެ ޖަމްމިއްޔާއިން ހާމަކޮށްފިއެވެ.

އެ ޖަމްމިއްޔާ އިން ބުނީ ހުޅދޫ މީދޫ މުއައްސަސާތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ. މި އަހަރު ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝިޔާސާ ރަޝީދު( 7936562) އަށް ގުޅުމަށް އެ ޖަމްމިއްޔާ އިން ވަނީ އެދިފައެވެ.

2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ މު މުބާރާތަކީ ހުޅުދޫ މީދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވާއިހުޅުދޫ މީދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ޓީމެވެ.