ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ބޭއްވި ‘އެމްއީސީ ބަދެހިކަޕް’ ނެޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެމްއީސީ އިން ބޭއްވި ނެޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މީދޫ އޮފީހުގެ ޑިރެކްޓަރު މާނާ މުންތާޒްއެވެ. ރޭގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރި ޓީމްތަކަށް ޝީލްޑް ދީފައިވާއިރު މުބާރާތުގެ އެކިއެކި ވަނަތަކަށް އައި ކުޅުންތެރިންނަށްވެސް ވަނީ ތައްޓާއި، މެޑެލް ހަވާލުކޮށްފައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ރިކްރިއޭޝަނާއި ކްލަބް(އެޗް.އެމް.ޕީ.އާރް.ސީ) އިން ހޯދާފައިވާއިރު މުބާރާތުގެ ރަނައަޕް ޓީމަކަށް ހޮވިފައިވަނީ ހުޅުދޫ ޔޫތް(އެޗް.ވައި.އެން.ޓީ)އެވެ.
ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ފެށުނު މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހުދުހުދު ޓީމްގެ އާމިނަތު ރަބާބް އިބްރާހީމް ހޯދިއިރު މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެ ޓީމްގެ އާމިނަތު އިމްނާ އިނާޔަތުއްﷲ އެވެ. ފެއަ ޕްލޭ ޓީމަކަށް ހުދުހުދު ހޮވުނު އިރު ފެއަ ޕްލެއާކަށް ހޮވިފައިވަނީ ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބްގެ ނަބީލާ ޖަލީލްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އެޗް.އެމް.ޕީ.އާރް.ސީގެ އިޒްމީ ނިޒާރް ހޮވިފައިވާއިރު މުބާރާތުގެ އެންމެ މޮޅު 07 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ: