English Edition
Dhivehi Edition

މިއަހަރު އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ‘އައްޑޫ އީދު ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި ހިމެނޭ ވާދެމުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ފަސް އަންހެން ބައިވެރިންނާއި ފަސް ފިރިހެނުންނާއެކު ޖުމްލަ 10 ކުޅުންތެރިން ތިބެންޖެހެއެވެ، ކޮންމެ ޓީމެއްގައިވެސް ދެ ބިދޭސީ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވެސް ވަނީ ޓީމްތަކަށް ދީފައެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މުބާރާތުގައި 10 ޓީމަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނީ މުބާރާތުގެ ޖާގަ ލިބިގެންދާ 10 ޓީމު ކަނޑައަޅާނީ “ފަސްޓް ކަމް، ފަސްޓް ސާވް” އުސޫލުންކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޓިމް ލިސްޓު ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހު މެންދުރު 12:00 އެވެ.

އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ފެސްޓިވަލް އަކީ ޒުވާނުންތަކެއްގެ އިސްނެގުމަކަށް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސަތަކާއިވެސް ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ.