English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާންގެ ދޮށީ ފިރިހެން ދަރިފުޅު އަރްޔަން ޚާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އުމުރުން 23 އަހަރުގެ އަރްޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް މި މަހުގެ ތިން ވަނަ ދުވަހުއެވެ. އަރްޔަން ކާފާލާތުގެ ދަށުން ދޫކުރުމަށް ޝާހުރުކް ހާންގެ ޤާނޫނީ ޓީމުން ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު، ކޯޓުން ވަނީ ކާފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

އަރްޔަންގެ ގާނޫނީ ވަކީލް ބުނީ، އާރްޔަންގެ އަތުން އެއްވެސް އެއްޗެއް ގެންގޮސްފައިނުވާ ކަމަށެވެ. އަދި އަރްޔަންގެ ވަޓްސްއެޕް މެސެޖްތައް އެންސީބީން ޑައުންލޯޑްކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ބޮޑެތި މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި އޭނާއާ ގުޅުން ހުރި އެއްވެސް ޓްރާންސެކްޝަނެއްވެސް ފެނިފައިނުވާކަމަށެވެ.

މި މައްސަލައާއި ގުޅުންހުރި ހެކިތަކަށް ނުފޫޒު ފޯރުވާ ހެކިނައްތާލާނެކަމަށް ބުނެ އަރްޔަން ކާފަލާތުގެ ދަށުންވެސް ދޫކޮށްލާފައި ނުވާއިރު މި މަހުގެ 21 ވަނަ ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ވަނީ ހަމަވެފައެވެ. އެހެންނަމަވެސް ކޯޓުންވަނީ އެ މުއްދަތު އަނެއްކާވެސް އިތުރުކޮށް މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އަރްޔަން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.