English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާން ހައްޔަރުކުރުމަކީ ލަދުވެތިކަމެއްކަމުގައި ބޮލީވުޑްގެ ބަތަލާ ރަވީނާ ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިޔަން ޚާންގެ ދިފާއުގައި ބޮލީވުޑްގެ ތަރިންގެ އިތުރުން ޝާހުގެ ސަޕޯޓަރުންވެސް ވާހަކަދައްކަމުން އަންނައިރު، މިއީ ޝާހު އާއި އޭނާގެ އާއިލާ އާއި ދެކޮޅަށް ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ވާހަކަތަކަށް ބާރު ލިބޭ ގިނަ ހެކިތަކެއްވެސް ހުރިކަމަށް ބޭރުގެ މީޑިއާތަކުން ބުނެފައިވާއިރު އެންމެ ފަހުން ރަވީނާވެސް މިވަނީ މިފަދަ މޭރުމަކުން ވާހަކަދައްކާފައެވެ.

އެއްވެސް މީހެއްގެ ނަން ބޭނުން ނުކޮށް ރަވީނާ ކުރި ޓުވިޓެއްގައި ބުނީ މިއީ ސިޔާސީ ގޮތުން ކުޅުނު ވަރަށް ލަދުވެތި ގޭމެއްކަމަށެވެ. ” އެމީހުން އެ ކުޅެލީ ޒުވާނެއްގެ ދިރިއުޅުމާއި އަދި މުސްތަގުބަލާ. ހިތްހަލާކުވެއްޖެ” ރަވީނާ ގެ ޓުވިޓްގައި ބުނެފައިވެއެވެ.

އުމުރުން 23 އަހަރުގެ އަރިޔަން ހައްޔަރުކޮށްފައިވަނީ ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އާރިޔަން ހައްޔަރު ކޮށްފައިވަނީ ނާކޮސްޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ސަފާރީއެއް ބަލާ ފާސްކުރުމުގެ ތެރެއިިންކަމަށެވެ.