English Edition
Dhivehi Edition

މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ބޯޓަކުން ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައި ކާށިދުއަށް އަރައިފިއެވެ.

ފުލުހުން ބުނީ, ބ. އަތޮޅަށް ދަތުރުކުރި ބޯޓެއްގައި ހުރި 22 އަހަރުގެ ޒުވާން ފިރިހެނަކު, ކާށިދޫ ކަނޑަށް ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ މިއަދު 11:00 ޖެހިއިރުކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލުނީ ކާށިދޫއާ ހަ ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ކަނޑަށް ވެއްޓުނު ޒުވާނާ ހޯދަމުން ދަނިކޮށް އޭނާ ފަތާފައި ކާށިދޫއަށް އަރާފައިވާ އިރު މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.