English Edition
Dhivehi Edition
ވެސްޓްޕާކް ސަރަހައްދު-- ފޮޓޯ: މުހައްމަދު ޝަރުހާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިސްނަގައިގެން، “ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް” ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ހަރަކާތަކީ 20 އޮކްޓޫބަރު 2021 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހާ ގުޅިގެން، އޮކްޓޫބަރު 21، 22 އަދި 23 ވަނަ ދުވަހު ބާއްވާ ހާއްސަ ހަރަކާތެކެވެ. މި އިވެންޓުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ސުން ގަޑިއަކީ 20 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ބުނީ މި އިވެންޓުގެ މައިގަނޑު އެއް މަޤްޞަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކައް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށެވެ.

މި އިވެންޓު ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ބޮޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނީ، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ޙިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4×2 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހިގެންދާނެކަމަށެވެ. އަދި މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާވެސް ވިއްކޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ،.

މި އިވެންޓުގައި ބައިވެރިވުމަށް، 3305555 އަށް ގުޅުއްވައިގެން ރަޖިސްޓަރީ ކުރެވޭނެ

ގޫގުލް ފޯމް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ: https://tinyurl.com/3da4yvys

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3305555 ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެ