ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރިއެއް ފައްޓަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ފުވައްމުލައް ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޓްރޭނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އާއި ގުޅިގެން ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ ޓްރޭނިންގ އެކެވެ.
ވިޔަފާރިއެއް ފެށުމުގެ ވިސްނުން ހުންނަ ނުވަތަ އަމިއްލަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ މި ކޭމްޕްގައި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ބައިވެރިވެ ވޭނެއެވެ.
މި ކޭމްފްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖަނަވަރީގެ ކުރިން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ކޭމްޕްގައި މައުލޫމާތު ދެއްވާނީ ކަމާއި ގުޅޭ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ޕްރޮގްރާމުގައި ވިޔަފާރިއެއް ފެށުމަށް އެނގެންޖެހޭ އެންމެ އަސާސީ މައުލޫމާތުތަކާއި ވިޔަފާރިއެއް ފަށާނެ ގޮތާއި އަދި ވިޔަފާރި ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ލިބިގެންދާނެއެވެ.
ފޯމުގެ ލިންކް: http://forms.gle/zuyh4eo1utmospgg6