English Edition
Dhivehi Edition
ފުވައްމުލަކުގެ ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަ ތަކުންދޭ ޚިދުމަތްތައް ދިނުމުގައި އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް ޚިދުމަތްދޭތޯ ކަށަވަރު ކުރުމަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިސްލާހީ އެޖެންޑާއެއް ފަށްޓަވާފައިވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފަރުދީގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ގައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމުގައެވެ. އެގޮތުން މި އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުގެ އެތެރޭގެ ކަންކަން އެކަށީގެންވާގޮތެއްގައި ބައްޓަންކުރެވި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ މަސައްކަތުން ފަރުދީ މިނިވަންކަން އިހުސާސްކޮށްދިނުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ޔަގީންވެގެންދާނީ އިގްތިސާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަޤީން ވެގެންކަމުގައެވެ. މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ނިންމަވާފައިވާކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުޚާތަބުކޮށް ވިދާޅުވި ފަދައިން ޤައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ދެކެވަޑައިގެންކަމުގައެވެ.