English Edition
Dhivehi Edition
ރާއްޖެއިން ފުރާ ބިދޭސީން

ވިއްސަށްވުރެ މަދު އަދަދަކަށް ބިދޭސީން ގެންގުޅޭ ކުދި ވިޔަފާރިތަކުން، މިއަހަރުގެ މާޗު މަހުން ފެށިގެން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ބަދަލާ ގުޅޭ ތަފްސީލު:

  • ޝަރުތު: 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތައް.

  • ތާރީޚް: މިއަހަރުގެ މާޗު މަހުން ފެށިގެން މި ފީ ދައްކާކަށް ނުޖެހޭނެ.

  • ގާނޫނީ ބަދަލު: މިކަން ތަންފީޒު ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު، މަޖިލީހުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން، ރާއްޖޭގައި އޮންލައިން ޕޭމަންޓް ނިޒާމު ހަރުދަނާކޮށް، ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމާއި، އަލީ ބާބާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.