English Edition
Dhivehi Edition
މާލެ ސިޓީ

މާލެ ސިޓީގެ ބްލޮކްވެރިންނަށް ހޮވޭ ފަރާތްތަކަށް މަހަކު -/1000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމާ، ބްލޮކްވެރިންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ އެ ސިޓީގެ ބުލޮކް ވެރިންނަށް ކުރިމަތި ލުމުގެ މުއްދަތު 02 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައިވާކަމަށެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޯބަރ 2021 ވަނަ ދުވަހު 10:00 ން ފެށިގެން 02 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް އެޑްމިނިސްޓްރޭޝަން ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާ) އިންނެވެ.

މި އިންތިހާބުގައި ބައިވެރިވެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. މި ގޮތުން ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއިއެކު އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުން ހިމެނެއެވެ.

މި މަގާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 1000 ރުފިޔާގެ އެލަވަންސެއް ދޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.