English Edition
Dhivehi Edition
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް: ފޮޓޯ މިހާރު

މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މިހާރުވެސް އެ މަގާމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ދަނީ ބޮޑު ތަފާތަކުން ގޮނޑި ދިފާއުކުރައްވަމުންނެވެ. މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، އާޒިމް ވަނީ ވޯޓުގެ 43 އިންސައްތައަށް ވުރެ ގިނަ އަދަދެއް ކާމިޔާބު ކުރައްވާފައެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް މިހާތަނަށް ލިބިވަޑައިގަތީ 28 އިންސައްތަ ވޯޓެވެ. އަދި މިނިވަން ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު 23 އިންސައްތަ ވޯޓާއެކު އުޅުއްވަނީ ތިންވަނައިގައެވެ.

މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ވެސް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ. ސިޓީތަކުގެ ތެރެއިން ސަރުކާރު ކެންޑިޑޭޓަކަށް މިހާތަނަށް ކުރި ލިބިފައިވަނީ ހަމައެކަނި ތިނަދޫ ސިޓީންނެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ ހުރިހާ ފޮށިތަކެއްގެ ނަތީޖާ ޝީޓުތައް ޗެކްކޮށް، ވަގުތީ ނަތީޖާތައް ރަސްމީކޮށް އިއުލާންކުރަމުންނެވެ.